އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހިތަދޫ އަވަށު އޮފީސް ހިންގަމުންދިޔަ ޢިމާރާތް ބަދަލުވުން

4 ޖެނުއަރީ 2023     1 year ago


އިޢުލާން


ހިތަދޫ އަވަށު އޮފީސް ހިންގަމުންދިޔަ ޢިމާރާތް ބަދަލުވުން

04 ޖަނަވަރީ 2023 ވާ ބުދަ ދުވަހުން ފެށިގެން ހިތަދޫ އަވަށު އޮފީސް ހިގަމުންދާނީ އައްޑޫސިޓީ ކައުންސިލް އިދާރާގެ އުތުރުފަރާތުން އެ އިދާރާ ހިންގަމުންދާ ޢިމާރާތާއި ޖެހިގެން އަލަށް އަޅާފައިވާ އޮފީސް ޢިމާރާތުގައެވެ. މިތަނަށް ވަންނާނީ ކައުންސިލް އިދާރާއަށް ވަންނަ ރަސްމީ ގޭޓުން ވަދެގެން ހުޅަނގަށް ގޮސް، ހުޅަނގު އުތުރުން ދެޢިމާރާތް ދޭތެރެއިން ހިތަދޫ އަވަށު އޮފީސް ބަދަލުވި ޢިމާރާތަށް ވަންނަ މައިދޮރުންނެވެ.

ވުމާއިއެކު ހިތަދޫ އަވަށު އޮފީހުން ދެމުންގެންދިޔަ ހުރިހާ ޚިދުމަތެއްވެސް މީގެފަހުން ދެމުންގެންދާނީ މިއޮފީސް ވަގުތީ ގޮތުން ބަދަލުވި ޢިމާރާތުގައިކަން ޢާންމުކޮށް އެންގީމެވެ.    

12 ޖުމާދަލްއާޚިރާ 1444

04   ޖަނަވަރީ  2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2023/08

ޕަބްލިޝް ކުރި ތާރީޚް: 04-01-2023

ސުންގަޑި: 2023-01-04 15:06:00