އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށުއޮފީސް މަރާމާތުކުރުމުގެ މަސައްކަތް

15 ޖެނުއަރީ 2018     6 years ago


އިޢުލާން

 

އައްޑޫ ސިޓީގެ ހުޅުދޫ އަވަށު އޮފީހުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2017/172 އިޢުލާނާއި ގުޅިގެން ހުށަހެޅި އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ، 18 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހު 11:00 ގައި، ހުޅުދޫ އަވަށު އޮފީހުގައާއި، މިއިދާރާގެ  ކޮންފަރެންސް ހޯލުގައެވެ. ހުޅުދޫ އަވަށު އޮފީހުން މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ. މިއިދާރާއިން މައުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 22 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 11:00 އެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

28 ރަބީޢުލްއާޙިރު 1439 

15  ޖެނުއަރީ 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/3

ޕަބްލިޝް ކުރި ތާރީޚް: 15-01-2018

ސުންގަޑި: 2018-01-18 11:00:00