އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ މީދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

24 ޖެނުއަރީ 2023     1 year ago


އިޢުލާން

އައްޑޫސިޓީ  މީދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

                         އައްޑޫސިޓީ މީދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 100 ގޯއްޗެވެ.

ކެޓަގަރީ A

އެ އަވަށެއްގެ ރައްޔިތުންނަށް

90% (90 ގޯތި)

ކެޓަގަރީ B

އެހެން އަވަށްތަކުގެ ރައްޔިތުން

10% (10 ގޯތި)

 

                ވީމާ، އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދުކުރުމުގެ އުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ހުށަހެޅުމަށް ހުޅުވާލަމެވެ.

                    ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ފެބުރުއަރީ 02 ވަނަ ދުވަހުން ފެށިގެން 2023 ފެބުރުއަރީ 16 ވަނަ ދުވަހުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ.  ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީދޫ އަވަށު އޮފީހުންނެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފޯމުގެ އަސްލެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް އަދި ފޯނު މެދުވެރިކޮށް މިއިދާރާއާ ގުޅުއްވުން އެދެމެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

6885003

[email protected]

މީދޫ އަވަށު އޮފީސް

6895557

[email protected]

 

މި އިޢުލާނާއެކު ތިރީގައިވާ ލިޔުންތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ A އަދި ކެޓަގަރީ B އަށް ކުރިމަތިލުމަށް އެދެންވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ފޯމުންނެވެ.)
  • އައްޑޫސިޓީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު
  • ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ޗާޓު
  • ލިބިފައިވާ، އަދި ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ތަރިކައިން ލިބެން އޮތްބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 01 ރަޖަބު 1444            

23 ޖަނަވަރީ 2023

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓު: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/EVZc9cbxSMNLtvj5mKCwZrABCZA15TlSFpeEZzcXxiuDqQ?e=EmohCc

ގޯޗަށް އެދޭ ފޯމު A ކެޓެގަރީ: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/EUmjqXZ6DWRIrc_AU9a0JpQBgWYMMC6Fc3x78UazTquw0Q?e=z3WjDV

ގޯޗަށް އެދޭ ފޯމު B ކެޓެގަރީ: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/EWIT7PJ0lMlNg2r0WKxSeskBZuR9JjYx-VjLqRdY1zPvSQ?e=EualEW

އިގްރާރު: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/EQc0Ms3oAKpOggdaPyjnywMB9OGoOFLujpB4tT3I7W72TA?e=e2OYYB

ގޯތި ދޫކުރުމުގެ އުސޫލު: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/EWpSNDmzxGlDtbNkJWxDgpABO3oB1qLUMP3pup9SiCeIMQ?e=bEN0bM



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2023/34

ޕަބްލިޝް ކުރި ތާރީޚް: 24-01-2023

ސުންގަޑި: 2023-02-16 13:00:00