އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ލައިސަންސްގެ ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލުމާއި ގުޅޭ

1 ފެބުރުއަރީ 2023     1 year ago


އިޢުލާން 

         
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ރައްޔިތުންނަށް ފޯރުކޮށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ލުއިފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެމިނިސްޓްރީން އަލަށް ތަޢާރަފް ކުރެވުނު ސޮފްޓްވެއަރގެ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި 04 ފެބުރުވަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫސިޓީކައުންސިލްގެ އިދާރާއިން ފޯރުކޮށް ދެމުންގެންދާ ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލެއްވުމަށް އެމިނިސްޓްރީން އަންގަވާފައިވާތީ ލައިސަންސް ފޯމްތައް ވަގުތީގޮތުން ބަލައިގަތުން ހުއްޓާލާފައިވާ ވާހަކަ ދެންނެވީމެވެ. އަދި ލައިސަންސްގެ ޚިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު ބޭނުންކޮށްގެން 14 ފެބުރުވަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމުއުޅަނދު ދުއްވޭނެ ކަމުގައިވެސް ދެންނެވީމެވެ.

ވީމާ،މިނިސްޓްރީގެ ސޮފްޓްވެއަރގެ މަސައްކަތްނިމި ވަކިގޮތެއް އެންގެވުމުން ފޯމް ބަލައިގަންނާނެ ދުވަސް އިޢުލާން ކުރާނެ ވާހަކަވެސް ދެންނެވީމެވެ.

10  ޝަޢުބާން   1444 ހ.

01  ފެބުރުވަރީ  2023 މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2023/46

ޕަބްލިޝް ކުރި ތާރީޚް: 01-02-2023

ސުންގަޑި: 2023-02-04 12:27:00