އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ފޭދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

1 ފެބުރުއަރީ 2023     1 year ago


އިޢުލާން

އައްޑޫސިޓީ  ފޭދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

އައްޑޫސިޓީ ފޭދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރު (IUL) 426-AB/426/2023/37 (23 ޖަނަވަރީ 2023)އިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" އާއި " އައްޑޫސިޓީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" އަށް ބަދަލުތަކެއް އައިސްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

ވީމާ، ގޯއްޗަށް އެދި ހުށަހަޅާނީ މި އިޢުލާނާއިއެކު ޢާންމުކުރެވިފައިމިވާ ގޯއްޗަށްއެދޭ ފޯމް (ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު V 1.2 ) އެވެ.  އަދި އައްޑޫސިޓީ ފޭދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގައި ޢަމަލުކުރާނީ މި އިޢުލާނާއިއެކު ޢާންމުކުރެވިފައިމިވާ އުޞޫލަށެވެ. 

 

ފޯމު ހުށަހެޅުމުގެ ސުންގަޑި:

މި ބަދަލާއި ގުޅިގެން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 28 ފެބްރުވަރީ 2023 ގެ 13:00 އެވެ. ފޯމް ބަލައިގަންނާނީ 02 ފެބްރުވަރީ 2023 އިން ފެށިގެން 28 ފެބްރުވަރީ 2023 ގެ 13:00 ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި 09:00 އިން 13:00 އަށް ފޭދޫ އަވަށު އޮފީހުން ނެވެ.

 

މި އިޢުލާނާއިއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް V 1.2 (ކެޓަގަރީ A އަދި ކެޓަގަރީ B އަށް ކުރިމަތިލުމަށް އެދެންވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ފޯމުންނެވެ.)
  • އައްޑޫސިޓީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު (އިޞްލާޙު ކުރެވިފައި)
  • ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިފައިވާ ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިން ލިބެން އޮތްބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު

 

ވީމާ މިކަން ޢާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

10 ރަޖަބު 1444

01 ފެބްރުވަރީ 2023

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2023/48

ޕަބްލިޝް ކުރި ތާރީޚް: 01-02-2023

ސުންގަޑި: 2023-02-28 13:00:00