އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގައުކެނޑި ޗެކްޕޯސްޓުގެ ގޮތުގައި ބޭނުންކުރަމުންއައި ޢިމާރާތް ކުއްޔަށް ދޫކުރުމަށް

30 ޖެނުއަރީ 2018     6 years ago


އިޢުލާން

 

ގައުކެނޑި ޗެކްޕޯސްޓުގެ ގޮތުގައި ބޭނުންކުރަމުން އައި ހިތަދޫ ރައްޔިތުންގެ ޢިމާރާތް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅުއްވާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މި ޢިމާރާތަކީ އައްޑޫގެ ގިނަ އާއިލާތަކާއި ކުދިން ހަފްތާ ބަންދުގައާއި އެނޫންވެސް ދުވަސްތަކުގައި އާއިލާއާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދަތުރުގޮސް އުޅޭ ހިސާބާއި ދާދި ކައިރީގައި ހުރި ޢިމާރާތެއްކަމުން، މިތަނުން ދެވޭ މައިގަނޑު ޚިދުމަތްތައް އަމާޒުކުރަންވާނީ ދަތުރުދާ މީހުންނަށެވެ.

މި މަސައްކަތތާއި ގުޅޭ ބީލަން ފޯމް 2018 ފެބުރުވަރީ 01 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2018 ފެބުރުވަރީ 06 ވާ އަންގާރަ ދުވަހުގެ 12:00 ނިޔަލަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 ފެބުރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައެވެ.

ބީލަމާއި ގުޅިގެން ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 ފެބުރުވަރީ 01 ބުރާސްފަތި ދުވަހުން 2018 ފެބުރުވަރީ 07 ވާ ބުދަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 ފެބުރުވަރީ 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.   

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]     

13ޖުމާދުލްއޫލާ 1439 

30 ޖަނަވަރީ 2018

 

ޑައުންލޯޑް އިޢުލާން



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/9

ޕަބްލިޝް ކުރި ތާރީޚް: 30-01-2018

ސުންގަޑި: 2018-02-06 12:00:00