އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައި ދިނުމާއި ގުޅޭ

13 ފެބުރުއަރީ 2023     1 year ago


އިޢުލާން

 

ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައި ދިނުމާއި ގުޅޭ

   ހުޅުދޫގެ މަގުތައް ތާރު އަޅައިގެން ޒަމާނީފެންވަރަށް ހެދުމުގެ މަސަކައް ވަނީ ފެށިފައެވެ. މިވަގުތު މަގުގެ އަރިމަތީގައި ފެން ހިންދާ ނިޒާމް ހެދުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާ އިރު ތާރު އެޅުމުގެ ކުރިން ފެނާއި ނަރުދަމާގެ ޙިދުމަތަށް އެދެން ބޭނުންވެފައިވާ ފަރާތްތަކުން ގޯތީގެ ޗާޓްގައި ފެނާއި ނަރުދަމާ ގުޅުމަށް އެދޭ ލޮކޭޝަން ފާހަނގަ ކުރުމަށް ފަހު އެޕްލިކޭޝަން ފޯމް ފެނަކަ ހުޅުމީދޫ ބްރާންޗަށް ހުށަހެޅުމަށްފަހު ހުޅުދޫ އަވަށު އޮފީހާއި އެ މަޢުލޫމާތު ހިއްޞާ ކޮށް ދެއްވުން އެދެމެވެ. ތާރު އެޅުމަށް ފަހު މަގުގެ ތާރު ކަޑައިގެ ހޮޅިއަޅާ ކަނެކްޝަން ހެދުމަކީ އުދަގޫ އަދި އެހާމެ ޙަރަދު ބޮޑުކަމަކަށް ވާނެތީވެ ގޯތިލިބި އަލަށްކަނެކްޝަންސް ބޭނުންވާ ފަރާތްތަކާއި، އަދި އިތުރު ކަނެކްޝަންސް ބޭނުންވާ ފަރާތްތަކުންވެސް ވީހާއަވަހަކަށް ކެނެކްޝަން ގުޅުމުގެ މަސައްކަތް ނިންމެވުން އެދެމެވެ.

21 ރަޖަބް 1444

12 ފެބްރުއަރީ 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6B/426/2023/53

ޕަބްލިޝް ކުރި ތާރީޚް: 13-02-2023

ސުންގަޑި: 2023-02-25 08:24:00