އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - "ހަފްތާރެސް" ޕްރޮގްރާމާއި ގުޅޭ

13 ފެބުރުއަރީ 2023     1 year ago


އިޢުލާން


"ހަފްތާރެސް" ޕްރޮގްރާމާއި ގުޅޭ 

  މުޖުތަމަޢުގައި ހުންނަ އެކިއެކި މައްސަލަތަކާއި ގުޅޭ ދާއިރާތަކުން އާންމުންނާއި، ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމަށް މަސައްކަތް ކުރެވިގެން ދިޔުމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ކުރިއަރުވައި ދެމެހެއްޓުމުގެ މަޤުސަދުގައި  މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ކައުންސިލާއި ގުޅިގެން 2023 ފެބްރުއަރީ 27 ން 2023 މާރިޗު 05 ގެ ނިޔަލަށް އައްޑޫސިޓީގައި "ހަފްތާރެސް" ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ.    

    ވީމާ، "ހަފްތާރެސް" ޕްރޮގްރާމްގެ ތެރެއިން 2023 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 ން 16:30 އަށް ކުރިއަށްގެންދެވޭ "އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް –ޒުވާނުންނާއެކު" މިސެޝަނުގައި ބައިވެރިވުމަށް އަންހެން ފިރިހެން ހިމެނޭހެން 10 ޒުވާނުން (18 އަހަރާއި 35 އަހަރުގެ ޒުވާނުން) އެފާރާތްތަކުގެ ނަމާއި، ގުޅޭނެ ނަންބަރު 2023 ފެބްރުއަރީ 19ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް [email protected]  މެއިލް  ކޮށްދެއްވުން އެދެމެވެ.        

22 ރަޖަބު 1444

13 ފެބުރުވަރީ 2022

 

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2023/81

ޕަބްލިޝް ކުރި ތާރީޚް: 13-02-2023

ސުންގަޑި: 2023-02-19 12:00:00