އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

9 މާރޗް 2023     1 year ago


އިޢުލާން

 

އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

 

އައްޑޫސިޓީ ހިތަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AB/426/2023/39 އިޢުލާނާއި، ފޭދޫ އަވަށުން ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AB/426/2023/37 އިޢުލާނާއި، ހުޅުދޫ އަވަށުން ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AB/426/2023/35 އިޢުލާނާއި އަދި މީދޫ އަވަށުން ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AB/426/2023/34 އިޢުލާނާއި ގުޅިގެން ގިނައަދަދެއްގެ ރައްޔިތުންވަނީ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައެވެ. ގޯތި ދޫކުރުމަށް ކަނޑައަޅައި އާންމުކުރެވުނު އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ވާގޮތުން ގޯއްޗަށް އެދި އަވަށު އޮފީސްތަކަށް ހުށަހެޅޭ ފޯމުތައް އިވެލުއޭޓް ކުރާނީ އެކި ދާއިރާތަކުން ބޭފުޅުން ހިމެނޭހެން އައްޔަންކުރެވޭ މިނިވަން މުސްތަޤިއްލު ކޮމިޓީއަކުންނެވެ. އަދި އެކޮމިޓީއަށް އެއަވަށެއްގެ ރައްޔިތުން ތަމްސީލުކުރާ އެއަވަށަށް ނިސްބަތްވާ މެންބަރަކުވެސް އައްޔަން ކުރަންޖެހެއެވެ. ކޮމިޓީއަށް އެއަވަށެއްގެ ރައްޔިތުން ތަމްސީލުކުރުމަށް ކުރިމަތިލައްވާ ފަރާތަކީ އެއަވަށަކުން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

ވީމާ، މަތީގައި ދެންނެވުނު އިޢުލާންތަކާއި ގުޅިގެން އައްޑޫސިޓީގެ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަވަށުގެ އަވަށުއޮފީހަށް ގޯއްޗަށްއެދި ހުށަހެޅިފައިވާ ފޯމުތައް އިވެލުއޭޓް ކުރުމަށް އެކުލަވާލެވޭ ކޮމިޓީގައި އެއަވަށެއްގެ ރައްޔިތުން ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވާ އަދި އެމަސައްކަތައް ވަގުތު ދެއްވޭނެ ބޭފުޅުން އެބޭފުޅެއްގެ ވަނަވަރާއިއެކު 13 މާރިޗު 2023 ވާ ހޯމަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެއަވަށެއްގެ އަވަށުއޮފީހަށް ސިޓީއިން ނުވަތަ މެއިލްއިން ހުށަހެޅުއްވުން އެދެމެވެ.


18 ޝައުބާން 1444

09 މާރިޗު 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2023/127

ޕަބްލިޝް ކުރި ތާރީޚް: 09-03-2023

ސުންގަޑި: 2023-03-13 13:00:00