އިޢުލާން
އައްޑޫ ސިޓީގެ މަރަދޫފޭދޫ އަވަށުން 5 ބިން ކުއްޔަށް ދޫކުރުމާގުޅޭ
އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުން ކުލީ ބިން ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާ މިއިދާރާއިން ޢާއްމުކުރި (IUL)426-AB/426/2022/443 އިޢުލާން ބާޠިލުކޮށް، މި ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
ބިމުގެ ނަންބަރު |
ކުއްޔަށް ދޫކުރާ ބޭނުން |
ބިމުގެ ބޮޑުމިން (އަކަފޫޓު) |
1 |
އާއްމު ވިޔަފާރިއަށް |
1500 |
2 |
އާއްމު ވިޔަފާރިއަށް |
1500 |
3 |
އާއްމު ވިޔަފާރިއަށް |
1500 |
4 |
އާއްމު ވިޔަފާރިއަށް |
1500 |
5 |
އާއްމު ވިޔަފާރިއަށް |
2500 |
ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
|
ތަފްޞީލު |
ތާރީޚް / މުއްދަތު އަދި ގަޑި |
|
ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނެގޭނެހެން މިއިދާރާގެ [email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ.
ބިޑު ގަންނަން ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ޝީޓު އަދި ބީލަން ހުށަހަޅާ ފޯމް ސޮފްޓް ކޮޕީ ފޯމެޓުގައި މިއިދާރާއިން މެއިލް ކުރެވޭނެއެވެ. |
15 މާރިޗް 2023އިން 30 މާރިޗް 2023 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00އިން 13:00އަށް |
|
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރިޚާއި ވަގުތު ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. |
03 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 |
މި ބިންތައް ކުއްޔަށް ދޫކުރެވޭ އުޞޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތައް މިއިޢުލާނުގައިވާ ލިންކުގައިވާ ޗާޓުން ފެނިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
22 ޝަޢުބާން 1444
14 މާރިޗް 2023