އިޢުލާން
އައްޑޫ ސިޓީ ފޭދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގައި ހުރި ޢިމާރާތާއި ޢިމާރާތް ހުރި ބިން ކުއްޔަށް ދޫކުރުން
އައްޑޫ ސިޓީ ފޭދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގައި ހުރި ޢިމާރާތާއި ޢިމާރާތް ހުރި 2516.3 އަކަފޫޓުގެ ކުލީ ބިން ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
|
ތަފްޞީލު |
ތާރީޚް / މުއްދަތު އަދި ގަޑި |
|
|
15 މާރިޗް 2023އިން 30 މާރިޗް 2023 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00އިން 13:00އަށް |
|
|
03 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 |
ޢިމާރާތާއި ޢިމާރާތް ހުރި ބިން ކުއްޔަށް ދޫކުރެވޭ އުޞޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. މި ބިން މިއިޢުލާނުގައިވާ ލިންކުގައިވާ ޗާޓުން ފެނިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
22 ޝަޢުބާން 1444
14 މާރިޗް 2023