އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފޭދޫގެ ބަނދަރުގައި ބަހައްޓާފައިހުރި އޮޑި ދޯނިފަހަރުތައް ނެގުމާއި ގުޅޭ

19 މާރޗް 2023     1 year ago


އިޢުލާން
 

ފޭދޫގެ ބަނދަރުގައި ބަހައްޓާފައިހުރި އޮޑި ދޯނިފަހަރުތައް ނެގުމަށް.

  މި އަވަށުގެ ބަނދަރުގައި އެހެލާފައި ބަހައްޓާފައިވާ އޮޑިދޯނި،ބޮއްކުރާ،އަދި ޑިންގީފަދަ ކަނޑު އުޅަނދުތަކުގެ ސަބަބުން ބަނދަރުގެ ޖާގަ ކުޑަވެ ބަނދަރު ބޭނުން ކުރުމަށްވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

  ބަނދަރަކީ ހުރިހާ އެންމެންނަށް ލަފާ ފުރުމަށް ހަދާފައިވާ ތަނަކަށް ވެފައި ބަނދަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުތައް ބަހައްޓައި އެތަކެތި ވީރާނާ ވުމަށް ދޫކޮށްލާފައި ހުރުމަކީ އެންމެ އެދެވޭ ކަމެއް ނޫނެވެ.

  ވީމާ، މިއަދުންފެށިގެން 20 ދުވަހުގެ ތެރޭގައި މިއަވަށުގެ ބަނދަރުގައި ބަހައްޓާފައިވާ އިސްވެ ދެންނެވުނު ކަނޑު އުޅަނދުތައް ބަނދަރުން ނަގައި ބިން ސާފުކުރުމަށް އެތަކެތީގެ ވެރި ފަރާތްތަކަށް އަންގާ އިޢުލާން ކުރީމެވެ. އަދި ދެވިފައިވާ މުއްދަތުގައި މިތަކެތި ނުނަންގަވައިފިނަމަ މިތަކެތި ނައްތާލެވޭނެ ވާހަކަވެސް ދެންނެވީމެވެ.

27 ޝަޢްބާން 1444

19 މާރިޗް 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2023/140

ޕަބްލިޝް ކުރި ތާރީޚް: 19-03-2023

ސުންގަޑި: 2023-04-13 14:00:00