އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - 1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާއި ގުޅޭ

26 މާރޗް 2023     1 year ago


އިޢުލާން

 

1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާބެހޭ

            މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 04 ރަމަޟާން 1444 ވާ އާދިއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 ވާ އަންގާރަ ދުވަހުގެ ނިއަލަށް އައްޑޫސިޓީގެ އަވަށްތަކުގެ އަވަށު އޮފީސްތަކުން އޮންލައިންކޮށް ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. މި ގޮތަށް ފައިސާ ދައްކަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު އެއަވަށެއްގެ އަވަށުއޮފީހުގެ ވައިބަރ ނަންބަރަށް ސްލިޕް ފޮނުވުމުން ރަސީދު ލިބިވަޑައިގަންނަވާނެއެވެ. ރަސްމީގަޑީގެ ފަހުން ފައިސާޖަމާކުރުމަށްފަހު ސްލިޕް ފޮނުވާ ފަރާތްތަކަށް ރަސީދު ލިބިވަޑައި ގަންނަވާނީ ޖެހިގެން އަންނަ ރަސްމީދުވަހުގެ ރަސްމީގަޑީގައެވެ.ފިޠުރު ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.

1443 ވަނަ އަހަރު ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

84ރުފިޔާ 

3

ރަތް ހަނޑޫ

99ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

84ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

100ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125ރުފިޔާ

7

އާދައިގެ ފުށް

12ރުފިޔާ

8

އާޓާ ފުށް

75ރުފިޔާ

 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަވާ ފައިސާ ޓްރާންސްފަރ ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫސިޓީ ކައުންސިލް އިދާރާގެ ތިރީގައި މިވާ ބީ.އެމް.އެލް އެކައުންޓަށެވެ.

އެކައުންޓް ނަންބަރ: 7708700341004

އެކައުންޓް ނަން:  1277-Kharadhu 2

ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރި/ޓްރާންސްފަރ ކުރި ސްލިޕް އެ މީހަކު ހިމެނޭ އަވަށެއްގެ އަވަށުއޮފީހުގެ މިދަންނަވާ ވައިބަރ ނަންބަރަށް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި ސްލިޕްގެ ރިމާކްސް ގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދާއި، ރޭޓް އަދި ގޭގެ ނަން ލިޔުއްވުމަށްފަހު ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ.

#

އަވަށް

ވައިބަރ ނަންބަރ

1

ހިތަދޫ އަވަށް

7905003

2

މަރަދޫ އަވަށް

7360024

3

މަރަދޫ ފޭދޫ އަވަށް

7360030

4

ފޭދޫ އަވަށް

7360031

5

ހުޅޫދޫ އަވަށް

7360032

6

މީދޫ އަވަށް

7360034

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ޝަޢުބާން 1444

22 މާރިޗް 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2023/145

ޕަބްލިޝް ކުރި ތާރީޚް: 26-03-2023

ސުންގަޑި: 2023-04-20 12:52:00