އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހިތަދޫ އަވަށުން ކަދުރު ބެހުމާއި ގުޅޭ

10 އެޕްރީލް 2023     1 year ago


އިޢުލާން


ކަދުރުބެހުމާއި ގުޅޭ

1444 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ 50 ޓަނު ކަދުރުގެ ތެރެއިން، ހިތަދޫ ރައްޔިތުންނަށް ބެހުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ފޮނުއްވާފައިވާ 2770 ޕެކެޓް ކަދުރުވަނީ މިއޮފީހަށް ލިބިފައެވެ. ކަދުރުބެހުމަށް ހަމަޖެހިފައިވަނީ، ކަދުރު ބެހުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނިންމަވާފައިވާ، ތިރީގައި މިދަންނަވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

  • 1444 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ދަފްތަރު ކުރެވިފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދޫކުރުން.
  • ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކޮންމެ ގެބިސީއަކަށް 1 ޕެކެޓް ކަދުރު ދޫކުރުން.

މިގޮތުން، 1444 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ގޭބިސީތަކަށް ކަދުރު ބެހުން އޮންނާނީ 10 އޭޕްރީލް 2023 އިން 19 އޭޕްރީލް 2023 ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ 10:00 އިން 12:00 އަށެވެ. އަދި 20 އޭޕްރީލް 2023 އިން ފެށިގެން ރަސްމީ ދުވަސްތަކުގެ 10:00 އިން 12:00 އަށް ހިތަދޫގައި މީހުން ދިރިއުޅޭ ގޭބިސީތަކަށް ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކަދުރު ހުސްވަންދެން ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިގަޑިތަކުގައި ކަދުރާއި ހަވާލުވުމަށް، ހަވާލުވާ ފަރާތުގެ އައިޑީ ކާޑާއިއެކު ހިތަދޫ އަވަށު އޮފީހުގެ ކުރީގެ އިމާރާތަށް ވަޑައިގެން ދެއްވުން އެދެމެވެ.

19  ރަމަޟާން   1444

10  އޭޕްރީލް    2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2023/179

ޕަބްލިޝް ކުރި ތާރީޚް: 10-04-2023

ސުންގަޑި: 2023-04-20 12:00:00