އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މަރަދޫ އަވަށުން ކަދުރު ބެހުމާއި ގުޅޭ

10 އެޕްރީލް 2023     1 year ago


އިޢުލާން

ކަދުރު ބެހުމާއި ގުޅޭ:

     1444 ވަނަ އަހަރު ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ ކަދުރު ވަނީ މިއޮފީހަށް ލިބިފައެވެ. މިގޮތުން، މި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ހަވާލުކުރާގޮތަށެވެ. އަދި ބާކީ ކަދުރު ފުރަތަމައަށް އަންނަ ފަރާތްތަކަށް އިސްކަންދީގެން، ކޮންމެ ގެއަކަށް 1 ކަދުރު ޕެކެޓުގެ އުސޫލުން ނެވެ.

     ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 11 އޭޕްރީލް 2023 އިން 17 އޭޕްރީލް 2023 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:30 – 12:00 އަށެވެ. އަދި ހޮނިހިރު ދުވަހު 09:30 – 14:00 އަށެވެ.

     ވީމާ ކަދުރާއި ހަވާލުވުމަށް، އައިޑީ ކާޑާއި އެކު ދެންނެވިފައިވާ ގަޑިއަށް މިއޮފީހަށް ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.

19 ރަމަޟާން 1444

10 އޭޕްރީލް 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-3A/426/2023/182

ޕަބްލިޝް ކުރި ތާރީޚް: 10-04-2023

ސުންގަޑި: 2023-04-17 12:00:00