އިޢުލާން
ކަދުރު ދޫކުރުން.
1444 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން، ހުޅުދޫގެ ރައްޔިތުންނަށް ބެހުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފޮނުއްވާފައިވާ ކަދުރު ހުޅުދޫ އަވަށު އޮފީހުގެ ފަރާތުން ވަނީ ހުޅުދޫގެ ހުރިހާ ގޭބިސީތަކަށް ބަހައި ނިންމާފައެވެ. ހުރިހާ ގޭބިސީތަކަށް ބެހުމަށްފަހުވެސް ބާކީ ކަދުރު ހުރުމާއި އެކު، ކަދުރު ބޭނުންވާ ފަރާތްތަކުން ބަލާ އަންނަ ތަރުތީބުން ކޮންމެ ގޭބިސީ އަކަށް 01 ޕެކެޓް ކަދުރު ދިނުމަށް ވަނީ ނިންމާފައެވެ.
ވީމާ، ރަސްމީ ބަންދުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00ން މެންދުރު 12:00ށް ކަދުރު ދޫކުރުމުގެ އިންތިޒާމް ހުޅުދޫ އަވަށު އޮފީހުން ހަމަޖެހިފައިވާކަން އާއްމުކޮށް އިޢްލާން ކުރަމެވެ.
20 ރަމަޟާން 1444
11 އެޕްރީލް 2023