އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފޭދޫ އަވަށުގައި ފިޠުރު ޢީދު ނަމާދުކުރުމާއި ގުޅޭ

18 އެޕްރީލް 2023     1 year ago


އިޢުލާން

 

ފިޠުރު ޢީދު ނަމާދުކުރުމާއި ގުޅޭ:

       މިއަހަރުގެ ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ފޭދޫ ޓާރފް ދަނޑުގައި ކުރުމަށް ހަމަޖެހިފައިވާ ވާހަކަ އަންގާ އިޢުލާންކުރަމެވެ.

     ނަމަވެސް، މޫސުން ގޯސްވެ ބޮޑު ޖަމާޢަތުގައި ޢީދު ނުކުރެވޭފަދަ ޙާލަތެއް ދިމާވެއްޖެނަމަ މަސްޖިދުލް ފަލާޙް، މަސްޖިދުލް ކައުޘަރު އަދި މަސްޖިދުލް ބަރާކާތު (ގަމު މިސްކިތް)ގައި ޢީދު ނަމާދު ކުރެވޭނެއެވެ. އަދި ބޮޑު ޖަމާޢަތުގައި ބައިވެރިވާ ބޭފުޅުން ޖަމާޢަތަށް އަންނައިރު މުސައްލަ ގެނައުމަށް ވެސް އަންގަމެވެ.

 

މިއަވަށުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތަފްޞީލު:

  • މަސްޖިދުލް އަމާން
  • މަސްޖިދުލް ކައުޘަރު ( ބޮޑު ޖަމާޢަތް ކެންސަލް ވެއްޖެ ޙާލަތެއްގައި)
  • މަސްޖިދުލް ފަލާޙް ( ބޮޑު ޖަމާޢަތް ކެންސަލް ވެއްޖެ ޙާލަތެއްގައި)
  • މަސްޖިދުލް ބަރަކާތު (ސ.ގަން - ބޮޑު ޖަމާޢަތް ކެންސަލް ވެއްޖެ ޙާލަތެއްގައި)

    ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

27 ރަމަޟާން 1444

18 އޭޕްރީލް 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2023/189

ޕަބްލިޝް ކުރި ތާރީޚް: 18-04-2023

ސުންގަޑި: 2023-04-21 18:31:00