އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

13 މާރޗް 2018     6 years ago


އިޢުލާން

 

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 2018 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 މާރިޗު 19 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 މާރިޗު 22 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 މާރިޗު 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2018 މާރިޗު 20 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މާރިޗު 20 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

25 ޖުމާދަލްއާޚިރާ 1439 

13 މާރިޗު 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/22

ޕަބްލިޝް ކުރި ތާރީޚް: 13-03-2018

ސުންގަޑި: 2018-03-19 12:00:00