އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު ކުރީގެ ސަދަންޕޮއިންޓް ރެސްޓޯރަންޓް ހިންގި އިމާރާތް ކުއްޔަށް ދޫކުރުމަށް

14 މާރޗް 2018     6 years ago


އިޢުލާން

 

އައްޑޫސިޓީ ހުޅުދޫ އަވަށު ކުރީގެ ސަދަންޕޮއިންޓް ރެސްޓޯރަންޓް ހިންގި އިމާރާތް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅުއްވާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާއި ގުޅޭ ބީލަން ފޯމް 2018 މާރިޗު 18 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މާރިޗު 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ނިޔަލަށް މިއިދާރާއިން އަދި ހުޅުދޫ އަވަށު އޮފީހުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 މާރިޗު 28 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައި އަދި ހުޅުދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 މާރިޗު 18 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 މާރިޗު 25 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މާރިޗު 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

26 ޖުމާދުލައާޚިރާ 1439 

14 މާރިޗު 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/24

ޕަބްލިޝް ކުރި ތާރީޚް: 14-03-2018

ސުންގަޑި: 2018-03-22 12:00:00