އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ އީދި ސަމާ 1444 ފާހަގަ ކުރުމަށް ބާއްވާ ފަންނާނުންގެ ޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

22 މޭއި 2023     11 months ago


ޢިއުލާން
 

                 1444 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 27 ޖޫން 2023 އިން 01 ޖުލައި 2023ގެ ނިޔަލަށް 4 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1444" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

                 އެގޮތުން ޢީދު ފާހަގަ ކުރުމަށް 01 ޖުލައި 2023 ވާ ހޮނިހިރު ދުވަހުގެރޭ ކައުންސިލުން އިންތިޒާމްކުރާ ފަންނާނުންގެ ޝޯގައި ހަރަކާތްތައް ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކާއި، އާޓިސްޓުންނާއި، ޕާފޯމްކުރުމަށް ބޭނުންވާ މިއުޒިކް ބޭންޑްތައް ހޯދުމަށް މިއިދާރާއިން ބޭނުންވެއެވެ. ވީމާ، މިޝޯގައި ޕާފޯމްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ ގޫގަލް ފޯމް 28 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް އެދެމެވެ. މިޢިއުލާނާއި ގުޅިގެން 4 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ، މިޝޯގައި ޕާފޯމްކުރައްވާނެ ފަރާތްތައް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށްބަލައި މިއިދާރާއިންނެވެ. މިހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ސިމާން ހާދީ 7741155 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ފޯމު:  https://forms.gle/UoFnSWCdTxb6gzYT6

އިޙްތިރާމް ޤަބޫލްކޮށްދެއްވުން އެދެމެވެ.

01 ޒުލްޤައިދާ 1444

21   މޭ   2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2023/226

ޕަބްލިޝް ކުރި ތާރީޚް: 22-05-2023

ސުންގަޑި: 2023-05-28 12:00:00