އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ އީދި ސަމާ 1444ގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު ސްޓޯލް / ކެންޓީން ހިންގުމުގެ ފުރުސަތު ހުޅުވާލުން

22 މޭއި 2023     11 months ago


ޢިއުލާން

 

                 1444 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 27 ޖޫން 2023 އިން 01 ޖުލައި 2023ގެ ނިޔަލަށް 4 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ ޢީދި ސަމާ 1444" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމުކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

                 އެގޮތުން ޢީދުގެ މުނާސަބަތުގައި މިކައުންސިލުން ހިންގުމަށް ނިންމާފައިވާ ހަރަކާތް ކުރިޔަށްދާ ވަގުތު އެސަރަހައްދުތަކުގައި ސްޓޯލް / ކެންޓީން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ ގޫގަލް ފޯމް 25 މޭއި 2023ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފުރިހަމަކުރުމަށް އެދެމެވެ. ހަރަކާތަކަށް އެއް ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅާއިފިނަމަ، ހަރަކާތުގައި ސްޓޯލް / ކެންޓީން ހިންގާނެ ފަރާތެއް ނިންމާނީ ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުންތަކަށް ބަލައި މިއިދާރާއިންނެވެ. އަދި ހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިކައުންސިލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ސިމާން ހާދީ 7741155 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ފޯމު: https://forms.gle/4BA6KNidXgeGqsZq8

      އިޙްތިރާމް ޤަބޫލްކޮށްދެއްވުން އެދެމެވެ.

01 ޒުލްޤައިދާ 1444

21   މޭ   2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2023/224

ޕަބްލިޝް ކުރި ތާރީޚް: 22-05-2023

ސުންގަޑި: 2023-05-25 12:00:00