އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މީދޫ މަޖުދުއްދީން މަގުގެ އިރު ދެކުނުން މަތިކިޅި ސަރަހައްދުގައި ހައްދާފައިވާ ކެޔޮގަހާއި އަލަގަސްތައް ނެގުމާގުޅޭ

4 ޖޫން 2023     10 months ago


އިޢުލާން 

 

މީދޫ މަޖުދުއްދީން މަގުގެ އިރު ދެކުނުން މަތިކިޅި ސަރަހައްދުގައި ހައްދާފައިވާ ކެޔޮގަހާއި އަލަގަސްތައް ނެގުމާގުޅޭ

މަޖުދުއްދީން މަގުގެ އިރު ދެކުނުން ކުރީގެ ޝަމްދުއްދީން ސްކޫލް ކުރިމައްޗަށްވާގޮތަށް އޮތް ބްލޮކްގައި މަތިކިޅީގެ އެންޓްރެންސާއެކު ޕްލެޓްފޯމަކާއި ކެނޯ ހަޓްތައް ހެދުމަށްޓަކައި ވަނީ ކޮންސެޕްޓް ޑިޒައިން ކުރެވި، މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ މަރުޙަލާގައެވެ. އަދި އެ ޞަރަހައްދުގައި ބޮޓޮނިކަލް ގާރޑަންއެއް ތަރައްޤީ ކުރުމަށާއި މިސްކިތެއް އިމާރާތް ކުރުމަށްވަނީ ބިން ކަނޑައެޅިފައެވެ.

ވުމާއެކު، ތިރީގައިވާ ޗާޓުން ފާހަނގަކޮށްފައިވާ ޞަރަހައްދުގައި އެކި ފަރާތްތަކުން ހައްދާފައިވާ ފަތްކެޔޮ ގަހާއި، އަލަގަސްތައް މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ނަންގަވައި ތަން ހުސްކޮށް ދެއްވުމަށާއި ކައުންސިލްގެ ހުއްދަ އާ ނުލައި އެއްވެސް ބާވަތެއްގެ ގަހެއް މި ސަރަހައްދުގައި ނުއިންދުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ. މި ސަރަހައްދަކީ ދަނޑުވެރިކަން ކުރުމަށް ބިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫންކަންވެސް ފާހަނގަ ކުރަމެވެ.

12 ޛުލްޤަޢިދާ  1444 ހ

01 ޖޫން  2023 މ



ބާވަތް: އިއުލާން

ނަންބަރ: (IUL)426/426/2023/254

ޕަބްލިޝް ކުރި ތާރީޚް: 04-06-2023

ސުންގަޑި: 2023-08-01 08:00:00