އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - "އައްޑޫސިޓީ އެވޯޑް 2016" އަށް ކުރިމަތިލުން

13 ނޮވެމްބަރ 2016     7 years ago


"އައްޑޫސިޓީ އެވޯޑް 2016" ކުރިމަތިލުން

 

އައްޑޫސިޓީ ކައުންސިލުން ތަޢާރަފްކުރާ "އައްޑޫސިޓީ އެވޯޑް 2016" އަކީ އައްޑޫސިޓީއަށް އެކިގޮތްގޮތުން ރިވެތިނަމާއި ފަޚުރާއި ޝަރަފް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި ހިތްވަރުދިނުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ އިނާމެކެވެ. އައްޑޫސިޓީ ކައުންސިލުން "އައްޑޫސިޓީ އެވޯޑް 2016" އަށް އާންމު ކޮށްފައިވާ ޤަވާއިދު މި އިދާރާގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ 4 ގިންތިއަށް ބިނާކޮށްގެންނެވެ. އެއީ

  • ޝަރަފުވެރިކަމުގެ އިނާމް
  • ޚިދުމަތުގެ އިނާމް
  • ހިތްވަރު ދިނުމުގެ އިނާމް
  • މަތީދަރަޖައިގެ އިނާމް

ވީމާ، މިއެވޯޑަށް ނަން ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 01 ޑިސެމްބަރ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލް އިދާރާއަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 'އައްޑޫސިޓީ އެވޯޑް 2016' ގެ އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް އައްޑޫސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން، ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓް އިން www.adducity.gov.mv  ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

08 ޞަފަރު 1438     

08 ނޮވެމްބަރ 2016       



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2016/240

ޕަބްލިޝް ކުރި ތާރީޚް: 13-11-2016

ސުންގަޑި: 2016-12-01 14:00:00