އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އީދިގަލި ހިމާޔަތްކުރެވިފައިވާ ސަރަހައްދަށް ނަންދިނުން

22 މާރޗް 2018     6 years ago


އިޢުލާން

 

 

އީދިގަލި ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރެވެމުން ދާއިރު މިތަނަކީ އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު ތަނަކަށް ވެގެންދާނެއެވެ. މިހާރު އެސަރަހައްދަށް ނިސްބަތްކޮށް އެކި ނަންނަން ( ކޯއްޓޭ، އީދިގަލި ކިޅި، އީދިގަލި ހިމާޔަތްކޮށްފައިވާ ސަރަހައްދު) ކިޔަމުން ދާތީ ހިމާޔަތް ކުރެވިފައިވާ މިބާވަތުގެ ތަންތަނަށް ވަކި ނަމެއް އޮތުމަކީ މުހިއްމުކަމެއް ކަމަށް ކައުންސިލުން ދެކެމެވެ.  

އެހެންކަމުނެ އެ ސަރަހައްދަށް "އައްޑޫ ނޭޗަރ ޕާކް" މިނަން ކިއުމާމެދު ޢާންމުންގެ ޚިޔާލު ބޭނުންވެއވެ. ޚިޔާލު ހުށަހަޅާނީ 28 މާރިޗު 2018 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށެވެ.

 

04 ރަޖަބު 1439

21 މާރިޗު 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2018/28

ޕަބްލިޝް ކުރި ތާރީޚް: 22-03-2018

ސުންގަޑި: 2018-03-28 12:00:00