އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހިތަދޫ ޝަމުސުއްދީން ބޮޑުފަނޑިޔާރު މަގުގެ އިރުމަތީ ފަރާތުގައި ޖަހާފައިވާ އެންޓަނާގެ ވެރިފަރާތް ހޯދުމާއި ގުޅޭ

6 ޖޫން 2023     10 months ago


އިޢުލާން

ހިތަދޫ ސެންޓަރަލް ޕަވަރ ސްޓޭޝަނާއި ދިމާލުން ޝަމުސުއްދީން ބޮޑުފަނޑިޔާރު މަގުގެ އިރުމަތީ ފަރާތުގައި ޖަހާފައިވާ އެންޓަނާގެ ވެރިފަރާތް ހޯދުމާއި ގުޅޭ:

ހިތަދޫ ސެންޓަރަލް ޕަވަރ ސްޓޭޝަނާ (އާރޭފް ސަރަޙައްދު ގައި ހުންނަ ފެނަކަ އިންޖީނުގެ)  ދިމާލުން ޝަމްސުއްދީން ބޮޑުފަނޑިޔާރު މަގުގެ އިރުމަތީ ފަރާތުގައި އޮންނަ ހިއްކި ބިމުގައި ޖަހާފައިވާ އެންޓަނާގެ ލަނބުރާންތައް ސާފުނުކުރެވި (މެއިންޓަނަންސް ނުކުރެވި) ގިނަދުވަސް ވެފައި ވުމުގެ ސަބަބުން، ބައެއް ލަނބުރާންތައް ކެނޑި ފައިވުމާއެކު، އެންޓަނާ ވެއްޓިއްޖެނަމަ ބަޔަކަށް ގެއްލުމެއް ލިބިދާނެތީ މިދެންނެވި އެންޓަނާ ނެންގުމަށް، އެންޓަނާގެ ވެރިފަރާތް ހޯދުމަށް ކުރެވުނު މަސައްކަތުން އެފަރާތް އެނގޭނެ ގޮތެއް ނެތުމާއެކު، އެންޓަނާގެ ވެރިފަރާތެއް ވާނަމަ 2023 ޖޫން 05 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި، 6885753 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް މިއޮފީހަށް އަންގަވައި ދެއްވުން އެދެމެވެ.

މިމުއްދަތުގައި އެންޓަނާގެ ވެރިފަރާތުގެ މައުލޫމާތު ނުލިބިއްޖެނަމަ، އެފަދަ ފަރާތެއް ނެތީކަމަށް ބަލައި ޤަވާޢިދު ނަންބަރު 2019/R-984 :"ޢާންމު ތަންތަނާށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާއިބެހޭ ޤަވައިދު"  ގައި ވާގޮތުގެ މަތިން، ޢާންމު ފަރުދުންގެ ނަފްސާށާއި، މުދަލާއި، ތަކެއްޗަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މިދެންނެވި އެންޓަނާ ނެގުމުގެ މަސައްކަތް މިއޮފީހުން ކުރިޔަށް ގެންދާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރިމެވެ.

15  ޛުލްޤައިދާ  1444

04  ޖޫން  2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2C/426/2023/261

ޕަބްލިޝް ކުރި ތާރީޚް: 06-06-2023

ސުންގަޑި: 2023-06-12 14:00:00