އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހުޅުދޫ އަވަށު ކޯނަރޕާރކް ކެފޭ ކުއްޔަށް ދޫކުރުމަށް

27 މާރޗް 2018     6 years ago


އިޢުލާން

 

އައްޑޫސިޓީ ހުޅުދޫ އަވަށު ކޯނަރޕާރކް ކެފޭ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅުއްވާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2018/19 އިޢުލާނަން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހާޅާފައިނުވާތީ މިއިޢުލާން ބާޠިލުކޮށް މިފުރުޞަތު ހުޅުވާލަމެވެ. މި އިމާރާތް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމަވާފައިވަނީ 10 އަހަރުގެ މުއްދަތަކަށެވެ.

މި މަސައްކަތާއި ގުޅޭ ބީލަން ފޯމް 2018 މާރިޗު 29 ވާ ބުރާސްފަތި ދުވަހުގެ 10:00 ފެށިގެން 2018 އެޕްރީލް 05 ވާ ބުރާސްފަތި ދުވަހުގެ 12:00 ނިޔަލަށް މިއިދާރާއިން އަދި ހުޅުދޫ އަވަށު އޮފީހުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 އެޕްރީލް 09 ވާ ހޯމަ ދުވަހުގެ 12:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލު އަދި ހުޅުދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 މާރިޗު 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2018 އެޕްރީލް 08 ވާ އާދިއްތަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 އެޕްރީލް 08 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]             

ކޮޕީ :  [email protected]   

10 ރަޖަބު 1439 

27 މާރިޗު 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/30

ޕަބްލިޝް ކުރި ތާރީޚް: 27-03-2018

ސުންގަޑި: 2018-04-05 12:00:00