އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫސިޓީ ހިތަދޫ ސްޓޭޑިއަމްގެ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

2 ޖުލައި 2023     10 months ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. އައްޑޫސިޓީ ހިތަދޫ ސްޓޭޑިއަމްގެ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:  (IUL)426-AA/426/2023/164 އިއުލާނާއި ގުޅިގެން އެދެވޭ ހުށަހެޅުމެއް ލިބިފައިނުވާތީ، އެ އިއުލާން ބާޠިލުކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2023 ޖުލައި 02 ވާ އާދީއްތަ ދުވަހުގެ 11:00 އިން ފެށިގެން 2023 ޖުލައި 06 ވާ ބުރާސްފަތި 13:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މުއްދަތުގެ ތެރޭގައި ބިޑް ގަންނަން ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމުގައި ބައިވެރިވުމަށް -/300 (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށްދެއްވުން އެދެމެވެ. 
  4. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 ޖުލައި 02 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޖުލައި 09 ވާ އާދީއްތަ ދުވަހުގެ 12.00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 ޖުލައި 11 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  5. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން 2023 ޖުލައި 09 ވާ އާދީއްތަ ދުވަހުގެ 10:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  6. މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 10000.00ރ (ދިހަ ހާސް ރުފިޔާ) ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.
  7. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2023 ޖުލައި 18 ވާ އަންގާރަ ދުވަހުގެ 10:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  8. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected]

    14 ޛުލްޙިއްޖާ 1444
    02 ޖުލައި 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2023/293

ޕަބްލިޝް ކުރި ތާރީޚް: 02-07-2023

ސުންގަޑި: 2023-07-06 13:00:00