އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ވެހިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

29 މާރޗް 2018     6 years ago


އިޢުލާން

 

އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް މި ދަންނަވާ މައުލޫމާތުގެ ވެހިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 01 އެޕްރިލް 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 05 އެޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު  12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 16 އެޕްރިލް 2018 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 02 އެޕްރިލް 2018 ވާ ހޯމަ ދުވަހުގެ 09:00 ން ފެށިގެން 09 އެޕްރިލް 2018 ވާ ހޯމަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 10 އެޕްރިލް 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

01  ވޭން (ޖަޕާން ރީކަންޑިޝަން)

ބާވަތް: ޕެސެންޖަރ

ސީޓިންގ ކެޕޭސިޓީ: 08 ސީޓް

ކުލަ: ބޭރުގައި ކުރެހުމާއި ލިޔުންނެތް އޮފީސްތަކުގައި އާންމުކޮށް ބޭނުންކުރަން ކަމުދާނެ ކޮންމެކުލައެއްވެސް ރަނގަޅު

މައިލޭޖް:30000 km  އިންދަށް

ޕަވަރސްޓިއަރިންގ: ރައިޓްހޭންޑް ޑްރައިވް އަދި އެއަރކޮންޑިޝަން ރަނގަޅު އެއްޗަކަށްވުން

 

އީމެއިލް: [email protected]

ކޮޕީ :  [email protected]   

12 ރަޖަބު 1439 

29 މާރިޗު 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/34

ޕަބްލިޝް ކުރި ތާރީޚް: 29-03-2018

ސުންގަޑި: 2018-04-05 12:00:00