އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ޕަބްލިކް ރިލޭޝަންސް އޮފިސަރ (ވަގުތީ - އައްޑޫސިޓީ ކައުންސިލްގެ އިދާރާ)

18 ޖުލައި 2023     9 months ago


ވަޒީފާގެ ފުރުސަތު

މަޤާމް:

ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު:

2 އަހަރު (ވަގުތީ)

(ސިވިލް ސަރވިސް ގަވާއިދު 2014 ގެ 112 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކައުންސިލް ބިއުރޯ / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

5،610.00 ރުފިޔާ

އެލަވަންސް:

  • 2،000.00 ރުފިޔާ – ސަރވިސް އެލަވަންސް
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މަޢުލޫމާތާއި ޚަބަރު އާއްމުކުރުން
  • ކައުންސިލުން ތައްޔާރުކުރުމަށް ބޭނުންވާ ޕްރެޒެންޓޭޝަން، މީޑިއާ ކިޓް، ލުއި ފޮތް، މަޢޫލޫމާތު ކަރުދާސް، ލީފްލެޓް ފަދަ ތަކެތި ލޭއައުޓް ހަދައި ފަރުމާކޮށް ތައްޔާރުކުރުން
  • މީޑިއާ އިވެންޓްތައް އަދި ކައުންސިލްގެ ފަރާތުން ބާއްވާ އިވެންޓްތަކަށް ދައުވަތު ކާޑު، ބެނަރ ފަދަ ތަކެތި ޑިޒައިން ކުރުން
  • ކައުންސިލުން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  • ކައުންސިލުން ބާއްވާ މީޑިއާއި އިވެންޓުތަކުގެ މަޢުލޫމާތު ލިޔެ ތައްޔާރުކޮށް، އަދި ފޮޓޯ/ވީޑިއޯ ނެގުމާއެކު ލަސްނުކޮށް، ޚަބަރު ފަތުރާ ވަޞީލަތްތަކަށް ފޮނުވުމާއި ކައުންސިލްގެ ވެބްސައިޓު އަދި ކައުންސިލުގެ ފޭސްބުކް ޕޭޖް / ޓްވިޓަރ އެކައުންޓް ފަދަ ތަންތަނުގައި އާއްމުކުރުން
  • ޚަބަރު ފަތުރާ ވަޞީލަތްތަކުން މިދާއިރާގެ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން
  • ކައުންސިލާ ބެހޭ ގޮތުން ޚަބަރު ފަތުރާ ފަރާތްތަކުން ފަތުރާ ޚަބަރު މޮނިޓަރކޮށް އޭގެ ރެކޯޑްތައް ބެލެހެއްޓުމާއި ޚަބަރުތައް ދިރާސާކޮށް ކަމާ ގުޅޭ މަޢުލޫމާތު ވެރިންނާ ޙިއްސާ ކުރުން. އަދި އެފަދަ ޚަބަރު ތަކާއި ގުޅިގެން ކައުންސިލުން ޖަވާބުދީ ކަމެއް އޮޅުންފިލުވައި ދޭންޖެހިއްޖެ ޙާލަތެއްގައި އެކަމަކަށް މަގުފަހިކޮށްދީ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން މަޢުލޫމާތު ދޭނެގޮތް ކަނޑައަޅައި ހަމަޖެއްސުން
  • ކައުންސިލުން ހިންގާ އިވެންޓްތަކަށް ބޭނުންވާ މީޑިއާ ކަވަރޭޖްގެ ކަންކަން ރާވާ އިންތިޒާމް ކުރުން. އަދި އެފަދަ ކަންކަން ދުރާލާ ވެބްސައިޓް އަދި ކައުންސިލްގެ ސޯޝަލް މީޑިއާ ސައިޓްތަކުގައި ހިމެނުން
  • މީޑިއާގެ މަސއްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން
  • މީޑިއާއިން ހުށަހަޅާ ސުވާލުތަކާއި އެޕޮއިންޓްމެންޓްތަކަށް އެޓެންޑްވުން
  • މީޑިއާ ކޮމިޔުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

  • ގްރޭޑް 10 ނިންމާފައިވުމާއެކު މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ގުޅޭ ތަޖުރިބާގެ ދާއިރާ:

  • މީޑިއާ
  • ޖަރނަލިޒަމް
  • ޕަބްލިކް ރިލޭޝަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

1.    ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf
2.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް 
4.    ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
5.    މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުމުން - %40
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް - %5
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  • އިންޓަރވިއު - %50

މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 ޖުލައި 30 އާއި 2023 އޮގަސްޓް 17 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނެއް ފަހުން އަންގައި ދެވޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002  ނަންބަރު ފޯނާއެވެ.

29 ޛުލްޙިއްޖާ 1444

17 ޖުލައި 2023

 


ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2023/315

ޕަބްލިޝް ކުރި ތާރީޚް: 18-07-2023

ސުންގަޑި: 2023-07-25 13:00:00