އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުމުގެ ދަޢުވަތު - މަރަދޫފޭދޫ އަވަށު މޮނިއުމެންޓް ބޭސް އެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

9 އޯގަސްޓް 2023     9 months ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށު މޮނިއުމެންޓް ބޭސް އެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށް މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އޮގަސްޓް 09 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2023 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް [email protected]) )ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 އޮގަސްޓް 09 ވާ ބުދަ ދުވަހުން ފެށިގެން 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 12.00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 އޮގަސްޓް 20 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2023 އޮގަސްޓް 27 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      އީމެއިލް: [email protected] 

    30  މުޙައްރަމް 1444

    09 އޮގަސްޓް 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2023/342

ޕަބްލިޝް ކުރި ތާރީޚް: 09-08-2023

ސުންގަޑި: 2023-08-16 14:00:00