އަންދާސީހިސާބުހޯދުން
އައްޑޫސިޓީ،މަރަދޫ "ބޮނޑޮގެ" އެންމެރަނގަޅު ހުށަހެޅުމެއް ހުށަހަޅާފަރާތަކަށް ކުއްޔަށްދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަމްބަރު:(IUL)426-CA/426/2016/239އިޢުލާނާއިގުޅިގެން އެއްވެސްފަރާތަކުން ހުށަހެޅުމެއް ހުށަހަޅުއްވާފައިނުފާތީ ބޮނޑޮގެ ކުއްޔަށް ހިފުމުގެ ފުރުސަތު އަލުންހުޅުވާލަމެވެ.
ވީމާ، "ބޮނޑޮގެ" ކުއްޔަށްހިފުމަށް ޝައުޤުވެރިވާފަރާތްތަކުން 22 ނޮވެމްބަރ 2016ދުވަހުގެ 13.00އަށް ކައުންސިލްއިދާރާއަށް ވަޑައިގެން މަޢުލޫމާތުސާފުކުރެއްވުމަށްފަހު 27 ނޮވެމްބަރ 2016ދުވަހުގެ 10.00އަށް ކައުންސިލްއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ ޕްރޮޕޯސްލްބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެންއަންނަފަރާތްތައް ސެޝަންތަކުގައި ބައިވެރިކުރެވެން ނޯންނާނެވާހަވެސް ދެންނެވީމެވެ.
14 ސަފަރު 1438
14 ނޮވެމްބަރ 2016