އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ރިސޯޓު ތަރައްޤީކުރުމަށްޓަކައި ހިއްކާފައިވާ ރަށްތަކަށް ނަންކިޔުން

31 އޯގަސްޓް 2023     10 months ago


އިޢުލާން

ރިސޯޓު ތަރައްޤީކުރުމަށްޓަކައި ހިއްކާފައިވާ ރަށްތަކަށް ނަންކިޔުން

 

އައްޑޫ ސިޓީ ހިތަދޫ ފަޅުތެރޭގައި ހިއްކާފައިވާ 2 ރަށާއި، މީދުއާ އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ 1 ރަށުގައި ރިސޯޓު ތަރައްޤީކުރަން، ބީލަމަށް ހުޅުވާލުމަށްޓަކައި މި ރަށްތަކަށް ނަންކިޔުމަށް އާއްމުންގެ ޚިޔާލަށް ހުޅުވާލަމެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ރަށްތަކަށް ނަންކިޔުމުގައި އަމަލުކުރަންޖެހެނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ތައްޔާރުކޮށް ގެޒެޓުކޮށްފައިވާ "ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލު" އާ އެއްގޮތްވާގޮތުގެ މަތިން ކަމަށްވާތީ، މި ރަށްތަކަށް ނަން ކިޔާއިރު މި ގަވާއިދުގެ 5 ވަނަ ނަމްބަރުގެ (ހ) އަދި (ށ) ގައިވާ ނުކުތާތަކަށް ރިޢާޔަތްކޮށްދެއްވުން އެދެމެވެ.

މިރަށްތަކުގެ ލޮކޭޝަން އެނގިވަޑައިގަންނަވާނެ އެސް-ބިލްޓް ސާރވޭ މެޕް އަދި "ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލު" (އުސޫލު ނަންބަރ: 2023/G-2) މިއިއުލާނާއެކު ހިމެނިފައިވާނެއެވެ.

މިރަށްތަކަށް ކިޔަން ބޭނުންވާ ނަން ފޮނުވާނީ މި އިއުލާނާއެކު ޝާއިއުކޮށްފައިވާ ގޫގުލްފޯމް ހުށަހަޅުއްވައިގެން ކަމުގައި ދެންނެވީމެވެ.

ފޯމު: https://shorturl.at/cwC47

15 ޞަފަރު 1445

31 އޯގަސްޓް 2023

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2023/387

ޕަބްލިޝް ކުރި ތާރީޚް: 31-08-2023

ސުންގަޑި: 2023-08-31 11:30:00