އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސްބަޔާން - ގދ. ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން މަރުޙަބާ ދެންނެވުން.

31 އޯގަސްޓް 2023     10 months ago


ނޫސްބަޔާން

ގދ. ތިނަދޫ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން މަރުޙަބާ ދެންނެވުން.

30 އޮގަސްޓް 2023 ވާ ބުދަ ދުވަހުން ފެށިގެން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން މަރުޙަބާ ދަންނަވަމެވެ.

ސިޓީއެއްގެ ދަރަޖަ ލިބުމަކީ ތިނަދޫގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއްލިބި، ރައްޔިތުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބުމަށް އެޅިގެންދިޔަ މުހިއްމު ބިންގަލެއްކަމުގައި މިކައުންސިލުން ދެކެމެވެ. އަދި މި މުނާސަބަތުގައި ތިނަދޫ ސިޓީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އައްޑޫސިޓީގެ އެންމެހާ ރައްޔިތުންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: (PR)426-B/426/2023/1

ޕަބްލިޝް ކުރި ތާރީޚް: 31-08-2023