އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ، މައި އިމާރާތުގައި ކުލަލުމަށް ބޭނުންވެއްޖެއެވެ

22 މޭއި 2018     5 years ago


އިޢުލާން

 

 

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ، މައި އިމާރާތުގައި ކުލަލުމަށް ބޭނުންވެއްޖެއެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2018 މޭ 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ން ފެށިގެން 2018 މޭ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 ޖޫން 04 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 މޭ 24 ވާ ހޯމަ ދުވަހުން ފެށިގެން، 2018 ޖޫން 03 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 މޭ 03 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

07 ރަމަޟާން 1439

22 މޭ 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/41

ޕަބްލިޝް ކުރި ތާރީޚް: 22-05-2018

ސުންގަޑި: 2018-05-31 12:00:00