އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ބީލަން ހުށަހަޅާ ތާރީޚު ފަސްކުރުން

4 ސެޕްޓެމްބަރ 2023     8 months ago


އިޢުލާން
         

ނަންބަރު: (IUL)426-AE/426/2023/354 އިޢުލާނާއިގުޅޭ ބީލަން ހުށަހަޅާ ތާރީޚު ފަސްކުރުން.

އައްޑޫ ސިޓީ ފޭދޫ އިން 4 ބިމާއި މަރަދޫފޭދޫއިން 1 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/354 އިޢުލާނާއިގުޅިގެން ހުށަހަޅާ ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުމަށް ކަނޑައެޅިފައިއޮތް ތާރީޚަކީ 10 ސެޕްޓެމްބަރ 2023 ކަމުގައި ވިނަމަވެސް އެދުވަސް މިހާރުވަނީ ރަސްމީބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައެވެ.

ވީމާ، ޙަވާލާދެވިފައިވާ އިޢުލާނާއި ގުޅިގެން ހުށަހަޅާ ބީލަންތައް ބަލައިގަތުމާއި ހުޅުވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ 12 ސެޕްޓެމްބަރު 2023 ވާ އަންގާރަ ދުވަހުގެ 10:00 ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

19    ޞަފަރު      1445

04   ސެޕްޓެމްބަރު    2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2023/398

ޕަބްލިޝް ކުރި ތާރީޚް: 04-09-2023

ސުންގަޑި: 2023-09-12 22:00:00