އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ނަންބަރު: (IUL)426-AE/426/2023/354 އިޢުލާނާއިގުޅޭ ބީލަން ހުށަހަޅާ ތާރީޚު ފަސްކުރުން

12 ސެޕްޓެމްބަރ 2023     5 months ago


އިޢުލާން

         

ނަންބަރު: (IUL)426-AE/426/2023/354 އިޢުލާނާއިގުޅޭ ބީލަން ހުށަހަޅާތާރީޚު ފަސްކުރުން.

 

އައްޑޫ ސިޓީ ފޭދޫ އިން 4 ބިމާއި މަރަދޫފޭދޫއިން 1 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2023/354 އިޢުލާނާއި ގުޅިގެން ހުށަހަޅާ ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވަން ހަމަޖެއްސި ތާރީޚު ފަސްކޮށް މިއިދާރާއިން ޢާއްމުކުރި ނަންބަރު: (IUL)426-AE/426/2023/398 އިޢުލާނުގައިވާ ތާރީޚުވެސް ދިމާވީ ބަންދު ދުވަސްތަކަކަށްފަހު ހުޅުވޭ ފުރަތަމަ ދުވަސްކަމަށްވުމުން، ރަސްމީ ބައެއް އިދާރާތަކުން ހޯދަންޖެހޭ ލިއުންތައް ހޯދުމުގައި ވަގުތުގެ ދަތިކަން ހުރިކަމުގެ ކަންބޮޑުވުން ލިބެމުންދާތީ، ބިޑު ބައްލަވައިގެންނެވި ހުރިހާ ބޭފުޅުންނަށް އިތުރު ފުރުސަތެއް އެރުވުމުގެގޮތުން ބިޑު ބަލައިގަންނަ މުއްދަތު ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، (IUL)426-AE/426/2023/354 އިޢުލާނާއި ގުޅިގެން ހުށަހަޅާ ބީލަންތައް ބަލައިގަތުމާއި ހުޅުވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ 18 ސެޕްޓެމްބަރު 2023 ވާ ހޯމަދުވަހުގެ 10:00 ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

27    ޞަފަރު      1445

12   ސެޕްޓެމްބަރު    2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2023/412

ޕަބްލިޝް ކުރި ތާރީޚް: 12-09-2023

ސުންގަޑި: 2023-09-18 22:00:00