އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މާހެރައިގެ އިރުން ނެރު ފަސްގަނޑުގެ އުތުރުން 100 މީޓަރ ސަރަޙައްދު ޙިމާޔަތްކުރުމާއި މަސްވެރިކަން ކުރުން މަނާކުރުމާ ގުޅޭ

20 ސެޕްޓެމްބަރ 2023     7 months ago


އިޢުލާން

މާހެރައިގެ އިރުން ނެރު ފަސްގަނޑުގެ އުތުރުން 100 މީޓަރ (ފަޅުން ބޭރުން) ރޭޑިއަސްއެއްގައި ޑައިވްކުރުމަށް ބޭނުންކުރާ ސަރަޙައްދަކަށްވާތީ އެ ސަރަޙައްދު ޙިމާޔަތްކުރުމާއި މަސްވެރިކަން ކުރުން މަނާކުރުމާ ގުޅޭ

މާހެރައިގެ އިރުން ނެރު ފަސްގަނޑުގެ އުތުރުން 100 މީޓަރ (ފަޅުން ބޭރުން) ރޭޑިއަސްއެއްގައި ޑައިވްކުރުމަށް ބޭނުންކުރާ ސަރަޙައްދަކަށްވާތީ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދު ޙިމާޔަތްކޮށް އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން މަނާ ސަރަޙައްދެއް ކަމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ސަރަޙައްދަކީ އައްޑޫސިޓީ ކައުންސިލުން ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދަކަށްވާތީ މި ސަރަޙައްދުގައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ މަނާކަމެއްކަން އަންގައި އިޢުލާން ކުރަމެވެ. 

05  ރަބީޢުލްއައްވަލް 1445

20  ސެޕްޓެމްބަރު 2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2023/424

ޕަބްލިޝް ކުރި ތާރީޚް: 20-09-2023

ސުންގަޑި: 2023-09-20 13:29:00