އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކޮށް ޕްލެޓްފޯރމެއް ހެދުމުގެ މަސައްކަތް

21 ނޮވެމްބަރ 2016     7 years ago


އައްޑޫސިޓީގެ ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކޮށް ޕްލެޓްފޯރމެއް ހެދުމުގެ މަސައްކަތް

 

އައްޑޫސިޓީގެ ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކޮށ ޕްލެޓްފޯރމެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 

ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ނޮވެންބަރު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި  އިދާރާއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 08 ޑިސެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.          

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

20 ޞަފަރު 1438 

20 ނޮވެންބަރު 2016



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2016/242

ޕަބްލިޝް ކުރި ތާރީޚް: 21-11-2016

ސުންގަޑި: 2016-12-08 11:00:00