އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހުޅުދޫ އަވަށުއޮފީހުގައި ހުރި ބައުތަކެތި ދުވަހު ނީލަމުގައި ވިއްކާލުމާއި ގުޅޭ

15 ނޮވެމްބަރ 2023     3 weeks ago


އިޢުލާން
 

             ހުޅުދޫ އަވަށުއޮފީހުގައި ހުރި ބައުތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް މިއޮފީހުގެ ނަމްބަރ (IUL)426-6A/426/2023/476 އިޢްލާން ކުރުމުން އެއްވެސް ފަރާތަކުން  ނީލަމުގައި ބައިވެރިވެފައިނުވާތީ، ދެވަނަފަހަރަށް ނީލަންކިއުން 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ހުޅުދޫ އަވަށު އޮފީހުގެ ގޯތިތެރޭގައި އޮންނާނެއެވެ.

            ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 ނޮވެމްބަރ 21، 22 މި 2 ދުވަހުގެ 8:30 އިން 12:00 އަށް ހުޅުދޫ އަވަށުއޮފީހަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު 2 ދުވަހުގެތެރޭ ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

         ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2023 ނޮވެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް ހުޅުދޫ އަވަށުއޮފީހަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

30  ރަބީޢުލް އާޚިރާ 1445

14    ނޮވެމްބަރ  2023ބާވަތް: އިއުލާން

ނަންބަރ: (IUL)426-6A/426/2023/488

ޕަބްލިޝް ކުރި ތާރީޚް: 15-11-2023

ސުންގަޑި: 2023-11-23 22:00:00