އިޢުލާން
2021، 2022 ވަނައަހަރު ފަޤިރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކާއި 2023 ވަނައަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތައް ރިވިއު ކުރުމާއިގުޅޭ.
އިސްލާމިކް މިނިސްޓްރީ ނަމްބަރ142-C2/CIR/2023/30 ސާރކިއުލަރ ގައިވާ ގޮތަށް 2021، 2022 ވަނައަހަރު ފަޤިރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯރމް" 2023 ޑިސެމްބަރ 25ގެ ކުރިން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މިތާރީޚްގެ ކުރިން ފޯރމް ހުށަނާޅާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެވާހަކަ ދެންނެވީމެވެ. އަދި 2023 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް "ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯރމް" ހުށަހެޅުމަށް ދެންނެވީމެވެ.
- ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
- ދަފްތަރުގައި ރަޖިސްޓަރީވިފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކާވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
- ދަފްތަރުގައި ރަޖިސްޓަރީވިފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
- 2023 ވަނައަހަރު ދަފްތަރުގައި ރަޖިސްޓަރީ ވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަދި 2023 ޑިސެމްބަރ 25ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭ ޢާއިލާތައް.
ފޯރމް ބަލައިގަންނާނީ 2023 ޑިސެމްބަރ 03 ވަނަ ދުވަހުން ފެށިގެން 2023 ޑިސެމްބަރ 25 ވަނަ ދުވަހާއި ހަމައަށެވެ.
15 ޖުމާދަލް އޫލާ 1445
29 ޑިސެމްބަރ 2023