އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

5 ޑިސެމްބަރ 2023     5 months ago


އިޢުލާން

 

އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ
 

އައްޑޫސިޓީއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގޮތުން ހުޅުވާލި ފުރުޞަތުގައި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް އެނގޭނެ ލިސްޓުތައް ޢާންމުކުރި މިއިދާރާގެ ނަންބަރު: (IUL)426-AE/426/2023/520,  (IUL)426-AE/426/2023/519 (IUL)426-AE/426/2023/521, އަދި  (IUL)426-AE/426/2023/522 (30 ނޮވެމްބަރ 2023) މި 4 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާންތަކާއެކު ޢާންމުކޮށްފައިވާ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދަށް ހަމަވީއިރު ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާ މިއިދާރާއަށް ލިބެމުންދިޔުމުގެ ސަބަބުންނާއި ޝަކުވާ ހުށަހެޅުމަށް ލިބިފައިވާ މުއްދަތު މަދު ކަމުގެ ޝަކުވާ ލިބެމުންދާތީ، ޝަކުވާ ހުށަހެޅުމުގެ އިތުރު ފުރުޞަތެއް ދިނުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ.

އެހެންކަމުން، ޕޮއިންޓް ލިސްޓްތަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާނަމަ، 10 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރީން ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް އެނގޭނެ ލިސްޓުތައް މިއިދާރާގެ ވެބް ސައިޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.


ހިތަދޫއިން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް – ކެޓަގަރީ A

https://adducity.gov.mv/uploads/1701349113.pdf

ހިތަދޫއިން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް – ކެޓަގަރީ B
https://adducity.gov.mv/uploads/1701349746.pdf

ފޭދޫއިން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް – ކެޓަގަރީ A
https://adducity.gov.mv/uploads/1701348366.pdf

ފޭދޫއިން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް – ކެޓަގަރީ B

https://adducity.gov.mv/uploads/1701348439.pdf

ހުޅުދޫއިން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް – ކެޓަގަރީ A
https://adducity.gov.mv/uploads/1701350001.pdf

ހުޅުދޫއިން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް – ކެޓަގަރީ B
https://adducity.gov.mv/uploads/1701350066.pdf

މީދޫއިން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް – ކެޓަގަރީ A

https://adducity.gov.mv/uploads/1701350350.pdf

މީދޫއިން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް – ކެޓަގަރީ B

https://adducity.gov.mv/uploads/1701350426.pdf

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21  ޖުމާދުލްޢޫލާ  1445

05  ޑިސެމްބަރ  2023



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2023/532

ޕަބްލިޝް ކުރި ތާރީޚް: 05-12-2023

ސުންގަޑި: 2023-12-10 14:00:00