އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ރެކްރިއޭޝަން ކްލަބްގެ ކެންޓީނު ހިންގައި ދެއްވާނެ ފަރާތެއް ހޯދުން

11 ޑިސެމްބަރ 2023     5 months ago


އިޢުލާން
 

 ރެކްރިއޭޝަން ކްލަބްގެ ކެންޓީނު ހިންގައި ދެއްވާނެ ފަރާތެއް ހޯދުން

މި ކްލަބްގެ ނަންބަރު ACCWRC/IUL/2023/02  (22 ނޮވެންބަރު 2023) ، އައްޑޫސިޓީ ކައުންސިލް އިދާރާގެ ރެކްރިއޭޝަން ކްލަބުގެ ކެންޓީން އައުޓްސޯސްކޮށް ހިންގުމަށްބޭނުންވެ ކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ، އެޢިއުލާން ބާޠިލް ކޮށް މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، ރެކްރިއޭޝަން ކްލަބުގެ ކެންޓީން ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކެންޓީނު ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ޕްރޮޕޯސަލާއެކު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމްސެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސެޝަން އަދި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށެވެ.

މަޢުލޫމާތު ސެޝަން 

13 ޑިސެންބަރ 2023 ވާ ބުދަ ދުވަހުގެ، ހެދުނު 10:00

ޕްރޮޕޯސަލް ހުށަހެޅުން

20 ޑިސެންބަރ 2023 ވާ ބުދަ ދުވަހުގެ، ހެދުނު 10:00

 

ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ. 

26 ޖުމާދަލްއޫލާ 1445

10 ޑިސެންބަރު 2023


ލިންކް: Recreation Club Canteen Iulaan Number 3 (1).pdf



ބާވަތް: އިއުލާން

ނަންބަރ: ACCWRC/IUL/2023/03

ޕަބްލިޝް ކުރި ތާރީޚް: 11-12-2023

ސުންގަޑި: 2023-12-20 22:00:00