އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލުން
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ 2024 އިން 01 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަވަށު އޮފީސްތަކުން (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، މީދޫ، ހުޅުދޫ އަވަށުއޮފީސް) ނެވެ. އަދި ދަފުތަރުގައި ރަޖިސްޓްރީ ވުމަށްއެދި ހުށަހަޅާ ފޯމް އެއަވަށެއްގެ އަވަށު އޮފީހުން، އަދި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓު www.islamicaffairs.gov.mv އިންނާއި، މިއިދާރާގެ www.adducity.gov.mv އިން ލިބެން ހުންނާނެއެވެ.
03 ރަޖަބު 1445
14 ޖަނަވަރީ 2024