އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނެރުބައްތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

30 އޯގަސްޓް 2018     5 years ago


އިޢުލާން

 

 

އައްޑޫސިޓީގެ އަވަށްތަކުގައި ޖަހާފައި ހުރި ގިނަ ނެރުބައްތި ތަކެއް، ހަލާކުވެ ނުދިއްލި ހުރުމުގެ ސަބަބުން ދަތުރުވެރިންނަށް ދަތިވާތީ، ނެރުބައްތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 03 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 10 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ މެންދުރު  12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 13 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 04  ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 09:00 ން ފެށިގެން 11 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 12  ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

19 ޒުލްހިއްޖާ 1439 

30 އޯގަސްޓް 2018



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2018/65

ޕަބްލިޝް ކުރި ތާރީޚް: 30-08-2018

ސުންގަޑި: 2018-09-10 12:00:00