އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު 2024

28 ޖެނުއަރީ 2024     3 months ago


އިޢުލާން

 

އައްޑޫ ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު 2024

އައްޑޫ ނައިޓް  މާރކެޓް ނުވަތަ  މަގުމަތީ ބާޒާރު 10 ފެބުރުވަރީ 2024 އިން 16 ފެބުރުވަރީ 2024 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ނައިޓްމާކެޓް ސްޓޯލް ނުވަތަ މޭޒު ނަންގަވަން ބޭނުންވެލައްވާ ފަރާތްތަކުން ހިތަދޫ އަވަށު އޮފީހުން ދޫކުރާ "އައްޑޫ ނައިޓް މާރކެޓް 2024 - ގައި ބައިވެރިވުމަށް އެދޭ ފޯމު" ނަންގަވައި ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 28 ޖަނަވަރީ 2024 އިން 05 ފެބުރުވަރީ 2024 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް ހިތަދޫ އަވަށު އޮފީހުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 6885753 ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17  ރަޖަބު   1445

28  ޖަނަވަރީ  2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2024/45

ޕަބްލިޝް ކުރި ތާރީޚް: 28-01-2024

ސުންގަޑި: 2024-02-05 13:00:00