އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އިސްރަށްވެހީންނަށް ޚާއްޞަ ޤުރުއާން މުބާރާތާއި ގުޅޭ

29 ޖެނުއަރީ 2024     3 months ago


އިޢުލާން

 

 އިސްރަށްވެހީންނަށް ޚާއްޞަ ޤުރުއާން މުބާރާތާއި ގުޅޭ.

  1445ވަނަ އަހަރު ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެސްއެސްޓީވީން ކުރިއަށް ގެންދިއުމަށް ރާފައިވާ އިސްރަށްވެހީންގެ ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް IR (space) Name, Age, Island ޖެއްސުމަށްފަހު 2747 އަށް އެސްއެމްއެސް ކުރުމަށް އެފަރާތުން އެދިލައްވާފައި ވެއެވެ.

މިމުބާރާތަކީ އެމީހަކު ހުރި ތަނެއްގައި ހުރެގެން ފޯނުން ނުވަތަ ކެމެރާއަކުން ކިޔެވުމުގެ ވީޑިއޯ ރިކޯޑް ކޮށް ފޮނުވައިގެން މުބާރާތުގައި ބައިވެރި ވެވޭގޮތަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެސްއެމްއެސް ކުރެއްވުމުން އެސްއެސްޓީވީގެ ފަރާތުން އެބޭފުޅުނަށް ގުޅައިގެން ބޭނުންވާނެ އިތުރު މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިމުބާރާތުގެ އެއްވަނަ އިނާމަކަށް ހަމަޖެހިފަ ވަނީ ޢުމުރާ ދަތުރެކެވެ. މުބާރާތުގައި ބައިވެރި ވުމަށް އެސްއެމްއެސް ކުރައްވާނެ އެންމެ ފަހު ތާރީޚްއަކީ 05 މާރިޗް 2024 އެވެ.                        

16 ރަޖަބު 1445

28 ޖަނަވަރީ 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2024/47

ޕަބްލިޝް ކުރި ތާރީޚް: 29-01-2024

ސުންގަޑި: 2024-01-29 15:30:00