އިޢުލާން
އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު(IUL)426-AE/426/2024/62) (05 ފެބުރުވަރީ 2024) އިޢުލާން އާއި ޙަވާލާދީ ދަންނަވަމެވެ.
ހަވާލާދެވުނު އިޢުލާންއާއިއެކު އާންމު ކޮށްފައިވާ ލިސްޓް "ހިތަދޫ އަވަށުން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ކެޓެގަރީ -A" އަދި "ހިތަދޫ އަވަށުން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ކެޓެގަރީ - B" ގައި ހިމެނޭ ފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް ގުރުނެގުން 07 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 14:00 އިން ފެށިގެން އައްޑޫހައި ސްކޫލްގެ ހޯލްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން ފުރަތަމަ ގުރުނެގުމަށް ހަމަޖެހިފައިވަނީ ކެޓެގަރީ A އިން ދޫކުރާ 450 އަދި ކެޓެގަރީ B އިން ދޫކުރާ 50 ގޯއްޗަށެވެ. ގުރުނަގާނީ އެކި ގަޑިތަކައް ބަހާލައިގެން ތިރީގައި މިދަންނަވާ ގޮތަށެވެ.
- ޝުމާރު ނަންބަރު 01 – 150 އަށް ގުރު ނެގުން އޮންނާނީ 2024 ފެބުރުވަރީ 07 ވަނަ ދުވަހުގެ 14:30 އިން ފެށިގެންނެވެ.
- ޝުމާރު ނަންބަރު 151 – 300 އަށް ގުރު ނެގުން އޮންނާނީ 2024 ފެބުރުވަރީ 08 ވަނަ ދުވަހުގެ 14:00 އިން ފެށިގެންނެވެ.
- ޝުމާރު ނަންބަރު 301 – 500 އަށް ގުރު ނެގުން އޮންނާނީ 2024 ފެބުރުވަރީ 10 ވަނަ ދުވަހުގެ 09:00 އިން ފެށިގެންނެވެ.
- ގުރުނެގުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނަންވާނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ސިޓީ ފުރިހަމަ ކުރެއްވުމަށްފަހު ވަޑައިނުގަނެވޭ ސަބަބު ބަޔާންކޮށް، ގޯތި ލިބޭ ފަރާތުގެ އައިޑީކާޑު ކޮޕީއާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނަންވާނެއެވެ.
26 ރަޖަބު 1445
06 ފެބުރުވަރީ 2024