އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ހިތަދޫ އަވަށުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރު ނެގުމާއި ގުޅޭ

6 ފެބުރުއަރީ 2024     2 months ago


އިޢުލާން

 

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު(IUL)426-AE/426/2024/62  (05 ފެބުރުވަރީ 2024) އިޢުލާން އާއި ޙަވާލާދީ ދަންނަވަމެވެ.

ހަވާލާދެވުނު އިޢުލާންއާއިއެކު އާންމު ކޮށްފައިވާ ލިސްޓް "ހިތަދޫ އަވަށުން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ކެޓެގަރީ -A" އަދި "ހިތަދޫ އަވަށުން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ކެޓެގަރީ - B" ގައި ހިމެނޭ ފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް ގުރުއަތުނެގުން 07 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 14:00 އިން ފެށިގެން އައްޑޫހައި ސްކޫލްގެ ހޯލްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ފުރަތަމަ ގުރުއަތުނެގުމަށް ހަމަޖެހިފައިވަނީ ކެޓެގަރީ A އިން ދޫކުރާ 450 އަދި ކެޓެގަރީ B އިން ދޫކުރާ 50 ގޯއްޗަށެވެ. ގުރުއަތުނަގާނީ އެކި ގަޑިތަކައް ބަހާލައިގެން ތިރީގައި މިދަންނަވާ ގޮތަށެވެ.

ކެޓަގަރީ A އަދި ކެޓެގަރީ B ގައި ދެންހުރި ފަރާތްތަކަށް ގުރުއަތުނަގާނެ ތާރީޚެއް ފަހުން އިޢުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

  • ކެޓެގަރީ Aގެ ޝުމާރު ނަންބަރު 01 – 150 އަށް ގުރުއަތު ނެގުން އޮންނާނީ 2024 ފެބުރުވަރީ 07 ވަނަ ދުވަހުގެ 14:30 އިން ފެށިގެންނެވެ.
  • ކެޓެގަރީ Aގެ ޝުމާރު ނަންބަރު 151 –300 އަށް ގުރުއަތު ނެގުން އޮންނާނީ 2024 ފެބުރުވަރީ 08 ވަނަ ދުވަހުގެ 14:00 އިން ފެށިގެންނެވެ.
  • ކެޓެގަރީ Aގެ ޝުމާރު ނަންބަރު 301 –450 އަށް ގުރުއަތު ނެގުން އޮންނާނީ 2024 ފެބުރުވަރީ 10 ވަނަ ދުވަހުގެ 09:00 އިން ފެށިގެންނެވެ.
  • ކެޓަގަރީ Bގެ ޝުމާރު ނަންބަރު 01 އިން 50އަށް ގުރުއަތުނެގުން އޮންނާނީ 2024 ފެބުރުވަރީ 10 ވަނަ ދުވަހުގެ 09:00 އިން ފެށިގެންނެވެ.
  • ގުރުއަތުނެގުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނަންވާނެއެވެ.
  • ބަދަލުގައި މީހަކު ފޮނުއްވާނަމަ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ލިޔުން ފުރިހަމަ ކުރެއްވުމަށްފަހު ވަޑައިނުގެންނެވޭ ސަބަބު ބަޔާންކޮށް، ގޯތި ލިބޭ ފަރާތުގެ އައިޑީކާޑު ކޮޕީއާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނަންވާނެއެވެ.

ނޯޓް: ހިތަދޫ ކެޓެގަރީ A ގެ ޝުމާރު ނަންބަރު 451 އަދި ކެޓެގަރީ B ގެ ޝުމާރު ނަންބަރު 51 އިން ފެށިގެން ދެން ހުރި ފަރާތްތަކުގެ ގުރުއަތުނެގޭނެ ތާރީޚުތައް އިޢުލާންކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26   ރަޖަބު   1445

06  ފެބުރުވަރީ 2024



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2024/67

ޕަބްލިޝް ކުރި ތާރީޚް: 06-02-2024

ސުންގަޑި: 2024-02-06 18:54:00