އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫސިޓީގެ ސިޓީ ސްކުއެއަރ އަށް ބޭނުންވާ 05 ދިދަ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

8 ފެބުރުއަރީ 2024     2 months ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. އައްޑޫސިޓީގެ ސިޓީ ސްކުއެއަރ އަށް ބޭނުންވާ 05 ދިދަ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު (IUL)426-AA/426/2023/461 އިއުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ފެބުރުވަރީ 11 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ އާއި ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް [email protected]) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 ފެބުރުވަރީ 11 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 17 ވާ ހޮނިހިރު ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2024 ފެބުރުވަރީ 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2024 ފެބުރުވަރީ 27 ވާ އަންގާރަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected] 

28 ރަޖަބު 1445

08 ފެބުރުވަރީ 2024

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2024/73

ޕަބްލިޝް ކުރި ތާރީޚް: 08-02-2024

ސުންގަޑި: 2024-02-15 14:00:00