އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިއުލާން - ޓޫރިޒަމާއި ގުޅުންހުރި ޚިދުމަތް ދޭ ތަންތަން ޤާއިމްކުރުމަށް ހިތަދޫ އަވަށުން ކުލީ ބިންތައް ދޫކުރުން

22 ފެބުރުއަރީ 2024     2 months ago


އިޢުލާން

         

ޓޫރިޒަމާއި ގުޅުންހުރި ޚިދުމަތް ދޭ ތަންތަން ޤާއިމްކުރުމަށް ހިތަދޫ އަވަށުން ކުލީ ބިންތައް ދޫކުރުން

 

ރެކްރިއޭޝަނަލް ޑައިވިންގ ސެންޓަރ، ވޯޓަރ ސްޕޯޓްސް ސެންޓަރ، އެކްސްކާޝަން ސެންޓަރ، ސުވެނިއަރ ޝޮޕްގެ ޚިދުމަތް ދިނުމުގެ ގޮތުން މަރުކަޒުތަކާއި ޓޫރިސްޓް ޚިދުމަތްދޭ ތަންތަން ޤާއިމްކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕް ތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް:

ކުލީ ބިމަށް ދެވިފައިވާ ނަންބަރު

ކުއްޔަށް ދޫކުރާ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓު)

ކުލީ ބިން 01

ވޯޓަރ ސްޕޯޓްސް ސެންޓަރ އަޅައި ޚިދުމަތް ދިނުމަށް

3000

ކުލީ ބިން 02

ވޯޓަރ ސްޕޯޓްސް ސެންޓަރ އަޅައި ޚިދުމަތް ދިނުމަށް

3000

ކުލީ ބިން 03

ވޯޓަރ ސްޕޯޓްސް ސެންޓަރ އަޅައި ޚިދުމަތް ދިނުމަށް

3000

ކުލީ ބިން 04

ޑައިވް ސެންޓަރ އަޅައި ޚިދުމަތް ދިނުމަށް

4000

ކުލީ ބިން 05

ޑައިވް ސެންޓަރ އަޅައި ޚިދުމަތް ދިނުމަށް

4000

ކުލީ ބިން 06

ޑައިވް ސެންޓަރ އަޅައި ޚިދުމަތް ދިނުމަށް

4000

ކުލީ ބިން 07

އެކްސްކާޝަން ސެންޓަރ އަޅައި އެކަމާއި ގުޅޭ ޚިދުމަތް ދިނުމަށް

1500

ކުލީ ބިން 08

އެކްސްކާޝަން ސެންޓަރ އަޅައި އެކަމާއި ގުޅޭ ޚިދުމަތް ދިނުމަށް

1500

ކުލީ ބިން 09

އެކްސްކާޝަން ސެންޓަރ އަޅައި އެކަމާއި ގުޅޭ ޚިދުމަތް ދިނުމަށް

1500

ކުލީ ބިން 10

ސުވެނިއަރ ޝޮޕް އަޅައި ޚިދުމަތް ދިނުމަށް

1500

ކުލީ ބިން 11

ސުވެނިއަރ ޝޮޕް އަޅައި ޚިދުމަތް ދިނުމަށް

1500

ކުލީ ބިން 12

ސުވެނިއަރ ޝޮޕް އަޅައި ޚިދުމަތް ދިނުމަށް

1500

 

 

 

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް:

 

#

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

 

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]  އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

 

22 ފެބުރުވަރީ 2024އިން 29 ފެބުރުވަރީ 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00އިން 14:00އަށް

މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް  މިއިދާރާއިން މެއިލް ކުރާނެއެވެ.   

 

22 ފެބުރުވަރީ 2024އިން 29 ފެބުރުވަރީ 2024އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00އިން 14:00އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

 

07 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00

 

މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތަކުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  

ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

11   ޝަޢުބާން   1445

21   ފެބުރުވަރީ   2024

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AE/426/2024/88

ޕަބްލިޝް ކުރި ތާރީޚް: 22-02-2024

ސުންގަޑި: 2024-02-29 14:00:00